މިނިސްޓަރު އަހުމަދު މަޙުލޫފް

ހުޅުމާލެއަށް ބައިސްކަލުގައާއި ހިނގާފައި ދެވޭނެ ގޮތެއް ހޯދުމަށް މަހުލޫފު ނަހުލާއާ މަޝްވަރާކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ހުޅުމާލެއަށް ބައިސްކަލުގަ އާއި ހިނގާފައި ނުވަތަ ދުވެފައި ދާން ބޭނުންވާ މީހުންނަށް ދެވޭނެ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށްފަހު، އެކަމަށް ހައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބުރިޖުގައި މިހާރުވެސް ހިނގާ މީހުންނަށް ހާއްސަ ލޭނުން ދުވެ ހިނގާއި އުޅެވެއެވެ. ނަމަވެސް ބުރިޖު ހުރަސްކޮށް ހުޅުމާލެއަކަށް ނުދެވެއެވެ. ހައިވޭމަތިން ހުޅުމާލެއަށް ދެވެނީ ހަމައެކަނި ސައިކަލާއި ހަތަރު ފުރޮޅުލީ ވެހިކަލަށެވެ.