ޚަބަރު

ހުޅުމާލޭ ފޭސް 3ގެ ދެވަނަ ބައި ހިއްކަން ފަށައިފި

އައިޝަތު އަފްޝަން

ހުޅުމާލޭ ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގެ ދަށުން 10 ހެކްޓަރު ވަނީ ހިއްކައިފައެވެ. މިއަދު ހިންކަން ފެށި ދެވަނަ ބައިގެ ދަށުން 29 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، ތިންވަނަ ބައިގެ ދަށުން 24 ހެކްޓަރު ހިއްކާނެއެވެ.

އާބަންކޯ އިން ބުނީ، ފުރަތަމަ މައި ހިއްކައި ނިންމުމަށްފަހު ދެވަނަ ބިން ހިއްކުން މަޑުޖައްސާލީ ޑްރެޖާގެ މަރާމާތު މަސައްކަތަކަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ބުންޏެވެ.

އާބަންކޯ އިން ބުނީ ފޭސް ތިނެއް ތަރައްގީ ވެގެންދާނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގިނަ ހިދުމަތްތަކާއި ވަސީލަތްތަކާއެކު ކަމަށެވެ.

ހުޅުމާލޭގެ ފޭސް ތިނެއް ހިއްކައި، ބިން ދޫކުރަން ނިންމީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.