ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން މިއަދު ސްރީލަންކާގައި ފާހަގަ ކުރަމުންއަންނަ ''ނެޝަނަލް ޑޭ އޮފް މޯނިން'' ދުވަހާ ގުޅިގެން ލަންކާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުންނަ ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ލަންކާގެ ރައްޔިތުންނާއި ސަރުކާރާއެކު މި ހިތާމަވެރި ދަނޑިވަޅުގައި ވާކަމަށެވެ.