ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމުސީލު ކުރައްވާ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
ޕީޕީއެމް/ޕީއެންސީން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާ އެ 13 މެމްބަރުން ވަނީ ޕީއެންސީއަށް ސޮއިކުރި ފޯމް އެ ޕާޓީގެ ރައީސް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރައްވައިފައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުންނަކީ ގައުމު އިސްކުރެއްވި މެމްބަރުން ކަމަށާއި އެ މެމްބަރުން ގައުމު އިސްކުރައްްވައި، ޕީއެންސީއަށް ސޮއިކުރެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ އިތުރު މެމްބަރުންތަކެއް ތިއްބެވީވެސް އެ މަނިކުފާނާއެކު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.