މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 2024 ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަކޮށްގެން ނެރެފިއެވެ.
މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކަލަންޑަރު ނެރެދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ތާހާއެވެ.
އެމްއޭސީއެލްއާއި އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރު ކުރި އެ ކަލަންޑަރުގައި ހިމަނާފައިވަނީ 'ހިތްހަމަޖެހުމާއި އުފާވެރިކަން' މި މައުޟޫއަށް އެ ސެންޓަރުގެ ދަރިވަރުން ކުރަހާފައިވާ ކުރެހުންތަކެވެ.
އެމްއޭސީއެލުން ބުނީ، އެ ކުންފުނީގެ އަންނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރީ އެފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖުތަމައުއަށް އަންގައި ދިނުމަށެވެ. އަދި އެ ކުދިންނަކީ ތަފާތުތަކާއެކުވެސް މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖުތަމައުން އެފަދަ ކުދިންނާ މެދު ދެކޭ ގޮތް ރަނގަޅު ކުރުމަކީވެސް ބޭނުމެއް ކަމަށް ބުންޏެވެ.