މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން ހަމަޖައްސަވައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އަފީފު، ހަމަޖައްސަވާފައިވަނީ މިއަދު ކަމަށެވެ. އަފީފު، އެ ކުންފުނީގެ ޗެއާމަންގެ ހަމަޖެއްސެވުމާ ގުޅިގެން އެމްޓީސީސީން ވަނީ މަރުހަބާ ދަންވަނައިފައެވެ.
އެ ކުންފުނިން ބުނީ އަފީފުގެ ޗެއާމަންގެ ކަމުގެ ދަށުން އިތުރު ކުރިއެރުންތަކެއް އެ ކުންފުންޏަށް ލިބިގެންދާނެ ކަމަށެވެ.
އަފީފު ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި ފެނަކަ އާއި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން، ބޯޑު މެމްބަރުން އަދި ޗެއާމަންގެ މަގާމަށް މީހުން އައްޔަންކުރަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން، އެ މަގާމުތައް ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.