ޚަބަރު

ލަންކާގެ ބޮމުގެ ހާދިސާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އާއިލާ މެމްބަރެއް އަވަހާރަވެއްޖެ

ލަންކާގެ ބޮމުގެ ހާދިސާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އާއިލާ މެމްބަރެއް އަވަހާރަވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޮން އިން ރިޕޯޓު ކުރިގޮތުގައި އަވަހާރަވެފައިވަނީ ޝެއިހް ހަސީނާގެ ދެބެންގެ ދެދަރި މީހެއްގެ އަންހެން ދަރިފުޅު ޝެއިހް ސޯނިޔާގެ އަށް އަހަރުގެ ދަރިކަލުން، ޒަޔާން ޗޯދްރީއެވެ.

މި ހަމަލާގައި ސޯނިޔާގެ ފިރިމީހާ ޒަހަމްވެފައިވާ ކަމަށް ވެސް މި ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. މާދަމާ ޒަޔާންގެ ހަށިގަނޑު ބަންގްލަދޭޝްއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ސޯނިޔާގެ ފިރިމީހާއަށް އަދިވެސް ލަންކާގެ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާދެމުންނެވެ.

އިއްޔެ ލަންކާގެ އެކި ސަރަހައްދަކަށް ބޮމުގެ އަށް ހަމަލާއެއް ދީފައިވާ އިރު، މި ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ. އަދި މަރުވި މީހުންގެ އަދަދު އެންމެ ފަހުން ވަނީ 290 ގައެވެ.