ހުޅުމާލޭގައި ދެ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 11:40 ހާއިރު އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލު ކައިރީގައި ކަމަށެވެ. އަދި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ އިރު، އެ އެންމެނަށްވެސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
އެކްސިޑެންޓުވި އެއް ކާރު މަޑުނުކޮށް ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވުމުން މަޑުކުރި ކާރު ދުއްވި މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ. އަދި އެ އެކްސިޑެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.