ކ. ގުޅީގެ ކުނިގޮނޑުގައި ރޯކޮށްފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، ރަށު ތެރެއަށް ދުމާއި ވަހުގެ އަސަރު ފެތުރިއްޖެއެވެ.
ފުލުހުން ބުނީ ގުޅީގެ ކުނިގޮނޑުގައި ރޯކޮށްފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ވަރަށް ބޮޑަށް އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރަށު ތެރެއަށް ދުމާއި ވަހުގެ އަސަރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އަނަންތަރާ ރިސޯޓުގެ ފަޔާ ފައިޓަރުންގެ ޓީމާއި ފުލުހުން މަސައްކަތުން މިރޭ 11:30 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި ނަމަވެސް ބައެއް ހިސާބުތަކުން ދުން އަރަމުންދާ ކަމަށެވެ. އަދި އިތުރަށް ރޯވެދާނެތީ އަދިވެސް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.