މަގުމަތީގެ އެކްސިޑެންޓް

އެމްޑީޕީ އޮފީސް ކުރިމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެމްޑީޕީ އޮފީސް ކަރިމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީ މިއަދު އިރުއޮއްސުނު ވަގުތު ހިނގި އެ އެކްސިޑެންޓުގައި މީހަކަށް ވަނީ އަނިޔާވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ އަނިޔާ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ދުއްވަމުންދިޔަ ސައިކަލެއް ޕާކު ކޮށްފައިހުރި ސައިކަލްތަކެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި ސައިކަލް ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ އިރު، ޕާކުކޮށްފައި ހުރި ސައިކަލްތަކުގައި ތިބި ބައެއް މީހުންނަށް ވެސް އަނިޔާތަކެއް ލިބިފއިވެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.