ދިރާގު މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނާއެކު ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން މިއަދު ބުނީ، ދިރާގާއެކު މިހާރު ސްކޫލް ޗުއްޓީ އަދި އާ އަހަރުގެ ދަތުރުތަކުގައި ހުރިހާ ތަނަކަށްވެސް ޑޭޓާ ހިފައިގެން ދެވޭނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން އާ މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ އެއަށްވުރެ މަތީގެ ކަނެކްޝަންތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ ކަމަށާއި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެންވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ.
ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތައް، ކޮންމެ ވަގުތަކު ކޮންމެ ތަނަކަށް ދިޔަ ނަމަވެސް، މެދުކެނޑުމެއްނެތި އެ ކުންފުނީގެ ހިދުމަތް ގުޅުވާލަދިނުން ކަމަށެވެ. އެގޮތުން އެ ހާއްސަ ޕްރޮމޯޝަނާއެކު ސްކޫލު ޗުއްޓީ މޫސުމުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ރައްޓެހިންނާއި އާއިލާއާ ވާހަކަދައްކާލައި ގުޅުން ބަދަހިކޮށްލެވޭނެ ކަމަށެވެ.
ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި އެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރުމުގެ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.