ލަންކާގެ ބޮމުގެ ހަމަލާގައި އިންޓަނޭޝަނަލް ކްލޯތްސް ރީޓެއިލް ޗެއިންއެއް ކަމަށްވާ އެސޮސްގެ ވެރިމީހާ އެންޑާސް ހޮލްޗް ޕޮވިލްސަންގެ ތިން ދަރިން މަރުވެއްޖެ އެވެ.
ޔޫކޭގެ ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮލްޗްގެ ތަރުޖަމާނު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މި ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮލްޗްގެ އާއިލާ ލަންކާއަށް ދިޔައީ އީސްޓާގެ ޗުއްޓީއަށެވެ. މީގެ އިތުރުން ޑެންމާކްގެ ފޮރިން މިނިސްޓްރީން ވަނީ ޑެންމާކްގެ ތިން ރައްޔިތަކު މި ހަމަލާގައި މަރުވެފައިވާ ކަމަށް ހާމަކޮށްފައެވެ.
ހޮލްޗް އަކީ އެސޮސްގެ އެންމެ ބޮޑު ހިއްސާދާރުގެ އިތުރުން ޑެންމާކްގެ އެންމެ މުއްސަނދި މީހާވެސްމެއެވެ. ލަންކާގެ އެކި ހިސާބަށް އިއްޔެ ދިން ބޮމުގެ ހަމަލާގައި ހޮލްޗްގެ ތިން ދަރިންނާއެކު ޖުމްލަ 31 ބޭރު މީހުން ވަނީ މަރުވެފައެވެ. އަދި މުޅި ޖުމްލަ މަރުގެ އަދަދު 300އާ ގާތް ކުރެއެވެ.