މަގުމަތީގެ އެކްސިޑެންޓް

މާލޭގައި އެކްސިޑެންޓުވި ޕިކަޕެއް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ދެއަހަރަށް ހިފަހައްޓައިފި

މަރިޔަމް ޝަހުދާ

މިދިޔަ ހަފްތާގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިން މީހާގެ ލައިސެންސް ދެއަހަރަށް ހިފަހައްޓައިފި އެވެ.

އޭޕްރީލް 14 ވީ އާދިއްތަ ދުވަހު ހެނދުނު އަމީނީ މަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ދެމީހަކަށް ވަނީ އަނިޔާ ވެފައެވެ. މީގެ އިތުރުން އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޓެކްސީގައި ޖެހުމުގެ ސަބަބުންވަނީ ގެއްލުންތަކެއް ލިބިފައެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓާފައި ވަނީ ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުންނެވެ.