ޚަބަރު

ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލަން މާބަނޑު ދުވަސްވަރު ހަދާ ޓެސްޓު އައިޖީއެމްޗުން ހަދަނީ، ފަސް ދުވަހުން ނަތީޖާ ލިބޭ!

އައިޝަތު އަފްޝަން

ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލަން ހަދާ "ޑަބަލް މާކާ" ޓެސްޓު މިހާރު އައިޖީއެމްއެޗުން ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޑަބަލް މާކާ ޓެސްޓު ނުވަތަ "މެޓާނަލް ސިރަމް ސްކްރީނިން" އަކީ މާބަނޑު ދުވަސްވަރުގެ ފުރަތަމަ ޓްރައިމެސްޓާގައި ހަދާ ޓެސްޓެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލުން އެ ޓެސްޓު ހަދަން ފެށީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ. ނަމަވެސް މީގެ ކުރިން ރާއްޖޭން ބޭރަށް ފޮނުވައިގެން އެ ޓެސްޓު ހެދުމުގެ ހިދުމަތްދެމުން ދިޔަ ކަމަށް ބުންޏެވެ.

ރާއްޖޭން ބޭރަށް ފޮނުވައިގެން އެ ޓެސްޓު ހަދާއިރު ނަތީޖާ ލިބެން ދެތިން ހަފުތާ ނަގާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް މިހާރު އައިޖީއެމްއެޗްގައި އެ ޓެސްޓު ހަދަން ފެށުމުން ފަސް ދުވަސްތެރޭ ނަތީޖާ ލިބޭނެ ކަމަށް ވިިދާޅުވިއެވެ.

ޑައުންސިންޑްރޯމްއަކީ އުފެދުމުގައި ކްރޮމޮޒޯމްއެއް އިތުރުވުމުން ދިމާވާ ކަމެކެވެ. އެގޮތުން އާންމުކޮށް ކުއްޖެއްގެ ހުންނާނީ "އެކްސް އެކްސް" ނުވަތަ "އެކްސް ވައި" ކްރޮމޮޒޯމްގެ 22 ޖޯޑެވެ. ނަމަވެސް ޑައުންސިންޑްރޯމް ހުންނަ ކުދިންގެ އެއް ކްރޮމޮޒޯމް އިތުރުވެއެވެ.