ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް އިންޑިޔާއަށް އިއްޔެ ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރާއްޖޭގެ ކްރިކެޓް ތަރައްޤީކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ރާއްޖޭގައި ބިނާކުރާ ކްރިކެޓް ސްޓޭޑިއަމްއާ ގުޅޭ ގޮތުން އިންޑިޔާގެ ކްރިކެޓް ބޯޑާ އެމަނިކުފާނު ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޫރާއި، ޗެންނާއީ ސުޕަރ ކިންގްސްއާ ދެމެދުގައި ކުޅެވުނު އައި.ޕީ.އެލް. ކްރިކެޓް މެޗް ވެސް ބައްލަވައިލެއްވިއެވެ.
ޗެންނާއީ ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ އާއި ރޯޔަން ޗެލެންޖާސް ބެންގަލޯގެ ކެޕްޓަން ވިރާޓު ވަނީ އެދެ ކުޅުންތެރިން ސޮއިކުރުމަށްފަހު ކްރިކެޓް ބެޓަކާއި ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައެވެ.