ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ބޭނުން ގޮތަކަށް ނެގޭ، 100 ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 100 ޖީބީ ޑޭޓާ ޕެކްތަކާއެކު ފަސޭހަކަމާއެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ ކަމަށާއި އެ ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އިންޓަނެޓް ބޭނުންތަކަށް ބަލައި، ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީތަކަށް ބަލައި ޕެކޭޖު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް https://bit.ly/3odf8z5 ޒިޔާރަތްކުރުމަށް އެދޭ ކަމަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.