ދެންމެ ލަންކާގައި ބޮމެއް ގޮވި ވީޑިއޯ އެއް އާއްމު ވެއްޖެއެވެ.
ބާރަ ސިކުންތުގެ މި ވީޑިއޯ ކޮޅުގައި ދައްކަނީ ހުދު ވޭނެއްގެ ތެރެއިން އެއްޗެއް ގޮވާތަނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޮން ގޮވާފައި ވަނީ ލަންކާގެ ކޮއްޗިކަޑޭ ޗާޗު ކައިރިން ބޮން ޑިފިއުޒް ކުރަން އުޅުމުގެ ތެރޭގައެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުން އަންނައިރު، މި ހާދިސާގެ ސަބަބުން މީހަކު ޒަހަމްވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އިއްޔެ ހެނދުނު ލަންކާގެ އެކި ސަރަހައްދަށް ދީފައިވާ ބޮމުގެ އެކި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފަ އެވެ.
އިއްޔެ އެކަނިވެސް ލަންކާގެ އެކި ސަރަހައްދެއްގައި 8 ބޮން ގޮއްވަލާފައިވާއިރު، ލަންކާގައި އިތުރު ހަމަލާތައް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.