މޯލްޑިވްސް ޕޮލީޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ އިސްލާމިކް ޔުނިވާސިޓީގައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މޯލްޑިވްސް ޕޮލީޓެކްނިކުން މި އަހަރު 19 ކޯހަކުން ވަނީ 274 ދަރިވަރުން ދަސްވެނިވިފައެވެ. އަދި މިރަސްމިއްޔާތުގައި ޖުމްލަ 39 ކުއްޖަކަށް ވަނީ އެކްސެލެންސް އެވޯޑު ދީފައެވެ. މީގެ އިތުރުން ޕޮލިޓެކްނިކް އަދި އިމިގްރޭޝަނާ ގުޅިގެން ހިންގި ސެޓްފިކެޓް 3 އިން އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒް ކޯހުން ވަނަތައް ލިބުނު ދަރިވަރުންނަށް މިހަފުލާގައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން އެވޯޑް ހަވާލުކޮށް ދެއްވައިފައެވެ.
ޕޮލިޓެކްނިކުން ބުނީ އެތަނުގެ އަމާޒަކީ އެ އިންސްޓިޓިއުންޓުން ހިންގާ ކޯސްތައް ރިވިއުކޮށް ވަޒީފާގެ ބާޒާރަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ޕޮލިޓެކްނިކްގެ ކުރިމަގަކީ ޒުވާނުންނާ ގާތް ގުޅުމެއް ގާއިމު ކުރެވޭނެ މާހައުލެއް ގާއިމު ކުރުން ކަމަށެވެ.