މާރާމާރީ

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހު، މާފަންނު ޖެލީ ކައިރިންނެވެ.

މަންޒަރުދުށް މީހަކު “ވަން”އަށް މައުލޫމަަތުދެމުން ބުނީ އެ ސަރަހައްދަށް ފޮރެންސިކް ފުލުހުން ގޮސް، ސާމްޕަލް ނަގާފައިވާ ކަމަށެވެ. ޒަހަމްވި ޒުވާނާ ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އެ ހާދިސާގައި އެ ޒުވާނާގެ އަތަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ. ނަމަވެސް އޭނާގެ ހާލު ސީރައަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.