ޚަބަރު

ސާކު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އަސާސްތައް ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ: ރައީސް

މުހައްމަދު އިޝާން

ސައުތް އޭޝިއަން އެސޯސިއޭޝަންސް ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ސާކްއަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްސާސާތަކަށާއި ސާކްގެ މެންބަރު ގައުމުތަކަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ އެ މެސެޖުގައި ދެކުނު އޭޝިއާގެ ސަރަހައްދީ ގުޅުންތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.