އުރީދޫ މޯލްޑިވްސް އިން އެޕަލްގެ އެންމެ ފަހުގެ ސްމާޓް ގަޑި، "އެޕަލް ވޮޗް ސީރީޒް 9" ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ ސްމާޓް ގަޑި އަޕްގްރޭޑް ކުރަން ޝައުގުވެރިވާ ކަސްޓަމަރުންނަށް މިހާރު އޮންލައިން މާކެޓްޕްލޭސް، މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 9 އަށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްލެވޭނެ ކަމަށާއި އެ ޑިވައިސްގެ ދެ ސައިޒެއް ލިބެން ހުންނާނެ ކަމަށެވެ. އެއީ 41 މިލިމީޓަރުގެ އެޕަލް ވޮޗް 8750 ރުފިޔާއަށް އަދި 45 މިލިމީޓަރުގެ ގަޑި 9250 ރުފިޔާއަށެވެ.
އެޕަލް ވޮޗް ސީރީޒް 9 ގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ތަފާތު ފީޗާތަކެއް ހިމެނެއެވެ. އޭގޮތުން އެ ސީރީޒް އަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއެވެ. އަދި ހަމަ އެއާއެކު އެ ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއެކު ސްކްރީނުގައި އަތްނުލައި އެޕަލް ވޮޗް ބޭނުންކުރެވެއެވެ. ކުރީގެ އެޕަލް ވޮޗްތަކާ އަޅައިބަލާއިރު ދެގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި އެކްސަސައިޒް ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތަކަކީވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ.
އުރީދޫން ބުނީ އާ ފީޗާތަކާއެކު އެޕަލް ވޮޗް ސީރީޒް 9ގެ ބޭނުންތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.
އެންމެފަހުގެ އެޕަލް ވޮޗް ސީރީޒް 9 މޫލީ މެދުވެރިކޮށް ގަތުމަށް http://ore.do/applewatch9 ޒިޔާރާތްކޮށްލުމަށް އެދޭ ކަމަށާއި މޫލީގެ އިތުރުން އުރީދޫ މޯލްޑިވްސް އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް އެޕަލް ވޮޗް ސީރީޒް 9 ތަޖުރިބާކޮށް ގަނެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.