ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޗެއާމަންގެ މަގާމަށް އާމިރު މަންސޫރު ހަމަޖައްސަވައިފިއެވެ.
އަމީރު އަމީރު މަންސޫރަކީ ލިލީ އެފްއެމްބީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އޭނާއަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަންކުރަނީ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޒައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.
ޕީސީބީން ވަނީ މިއަދު އެސްޓީއޯގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް، މުހައްމަދު މުރާދު ހަމަޖައްސަވައިފައެވެ. މުރާދު ވަނީ މީގެ ކުރިން އެސްޓީއޯގެ ގިނަ ޑިޕާޓްމެންޓުތަކެއްގެ މެނޭޖަރުގެ މަގާމު އަދާކުރައްވައިފައެވެ.
މީގެ ކުރިން ޕީސީބީން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ޝިމާދު އިބްރާހީމް ހަމަޖައްސަވައިފައެވެ.