ރައްޔިތުން މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތިމަތު މުހައްމަދު ސޯލިހު އައްޔަންކުރައްވައިފިއެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިރޭ ވިދާޅުވީ ފާތިމަތު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ފާތިމަތު މިއަދު މަސައްކަތަށް ވެސް ނުކުމެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާތިމަތު އެ މަގާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ފާތިމަތު މުހައްމަދު ސޯލިހަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެވެ.
ފާތިމަތުއަކީ 1986 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުގައި މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ސްކެރެޓަރީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފައެވެ. އަދި ވަނީ ކުރީގެ ރައީސް ސޯލިހް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިމުމާ އެކު ފާތިމަތު ވަނީ ރައީސް އޮފީހުން ވަކިވެވަޑައިގެންފައެވެ.