ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އައްޔަން ކުރެއްވި ބޭފުޅުނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީސީބީ ބޯޑް އެކުލަވާލެއްވި އިރު، އެ ބޯޑުގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހަމްދީ އަގީލެވެ.
ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން، މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.