ޚަބަރު

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް އެބަދޭ

އިބްރާހިމް ޒަކީ

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާޅުތަފާތު ވުުގެ ތެރެއިން އެ ޕާޓީން ވަކިވެގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަން ގޯޅި މެދު ދާއިރާޣެ މެންބަރު މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންތަކެއް އިއްވެ، މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ރަޖިސްޓްރީ ކުރި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދަނީ އެޕާޓީގެ މެންބަރުން ތިބި ހުރިހާ ރަށެއްގައެވެ.

މި އިންތިހާބުގައި އެޕާޓީގެ ރައީސާއި ތިން ނައިބު ރައީސުން އިންތިހާބު ކުރުމުގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސުންނާއި، އަތޮޅު ރައީސުންނާއި މަޖިލިސް ދާއިރާތަކުގެ ރައީސުން، އިންތިޚާބު ކުރުމަށް ވަނީ ގހަމަޖެހިފައެވެ. މީގެ އިތުރުން ޔަންގް ޑިމޮކްރެޓްސް ނުވަތަ ޒުވާނުންގެ ރައީސް އިންތިހާބު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް ދެބޭފުޅުން ވާދަކުރައްވައެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރެއްވައި ބަލިވެ ވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

ޑިމޮކްރެޓްސްއިން ބުނީ އެޕާޓީގައި ޖުމްލަ 1043 މަގާމަށް މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، އޭގެ ތެރެއިން 271 މަގާމަކަށް މިހާރު މީހުން އިންތިހާބު ވެފައިވާ ކަމަށެވެ. މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 5883 ފަރާތަކަށް ލިބިފައިވާ ކަމަަށްވެސް ބުނެފައިވެއެވެ.

މިއަދު ކުރިއަށްގެންދާ އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން، ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށާއި، ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ވޯޓްލާ ނިމުނުކަމުގައިވިޔަސް، ވޯޓް ފޮށި ހުޅުވާ ގުނަންފަށާނީ 4:00 ގެ ފަހުންނެވެ.