ޚަބަރު

ހަމަލާތަކާ ގުޅިގެން، ދިވެހިންގެ ހާލު ބެލުމަށް ހެޔޮ އަގުގައި ލަންކާއަށް ގުޅޭގޮތް ދިރާގާއި އުރީދޫއިން ހަދައިފި

އިބްރާހިމް ޒަކީ

ސްރީލަންކާގައި ދިން ބޮން ގޮއްވާލުމުގެ ހަމަލާތަކާ ގުުޅިގެން ހެޔޮ އަގުގައި ލަންކާއަށް ގުޅޭނެ ރޭޓެއް ދިރާގާއި އުރީދޫއިން ހަމަޖައްސައިފިއެވެ.

ހާދިސާތަކާ ގުޅިގެން މިއަދު ދިރާގުން ބުނެފައިވަނީ، މިއަދު މެންދުރު 1:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށް ލަންކާ ނަންބަރުތަކަށް ގުޅޭނެ އަގު ހެޔޮ ކޮށްފައިވާކަމަށެވެ. އެގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިނެޓަކު 1 ރުފިޔާގެ ރޭޓުން ލަންކާގެ ނަންބަރުތަކަށް ގުޅޭނެ ކަމަށް ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.


މި ހާދިސާތަކާ ގުޅިގެން އުރީދޫއިން ވެސްވަނީ އަގުހެޔޮކޮށް ގުޅޭނެގޮތް ހަމަޖައސައިފައެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުރީދޫގެ ކަސްޓަމަރުންނަށް ލަންކާގައި ދިރިއުޅޭ ފަރާތްތަކާއި ފަސޭހަ ކަމާއެކު ގުޅޭނެ ގޮތް ހެދުމަށްޓަކައި ރޭގަނޑު 12:00 ޖަހަންދެން ލަންކާގެ ހުރިހާ ސަރަހައްދަކަށްވެސް މިނެޓަކަށް 1 ރުފިޔާގެ ރޭޓުން ގުޅޭނެ ކަަމަށެވެ.