ދިވެހިންނަށް ފަސޭހަ ކަމާއެކު 'ސީމްލެސް ޓްރެވަލް'ގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 'އީ-ގޭޓް'ގެ ހިދުމަތް އަލުން ފަށާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭން ބޭރަށްދާ ދިވެހިންނަށް "އިމުގާ ޓްރެވެލާ ޑެކްލަރޭޝަން" ފޯމް ފުރިހަމަކުރަން ނުޖެހޭ ގޮތަށް ހަމަޖެއްސުމާއެކު، މިހާރު "އީ-ގޭޓް"ގެ ހިދުމަތްވެސް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.
އެއާޕޯޓުގެ އީ ގޭޓަކީ، އިލެކްޓްރޯނިކް ގޭޓްސްގެ ނަމުން ނަން ދީފައިވާ ބަޔޯމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަސިންޖަރުންގެ އައިޑެންޓިޓީ ސައްހަކުރުމަށް ބޭނުންކުރާ އޮޓޮމެޓިކް ޕާސްޕޯޓް ކޮންޓްރޯލް ސިސްޓަމްތަކެކެވެ. މި ގޭޓުތަކުން ޕާސްޕޯޓް ސްކޭންކޮށް ފަސިންޖަރުގެ މޫނުގެ ފޮޓޯއެއް ނެގުމަށްފަހު ޕާސްޕޯޓުގެ މައިކްރޯޗިޕްގައި ރައްކާކޮށްފައިވާ ޑިޖިޓަލް ފޮޓޯއާ އަޅާކިޔައެވެ.
މި ވަގުތު އީގޭޓްސް ހުންނަ ބައެއް ގައުމުތަކުގެ ތެރޭގައި ބާމިންހަމް އެއާޕޯޓް، ބްރިސްޓަލް އެއާޕޯޓް، ކާޑިފް އެއާޕޯޓް، އީސްޓް މިޑްލޭންޑްސް އެއާޕޯޓް، އެޑިންބަރާ އެއާޕޯޓް، ޔޫރޯސްޓާ ބްރަސެލްސް-ސައުތު ޓާމިނަލް (ގުޅިފައިވާ ކޮންޓްރޯލްތައް)، ޔޫރޯސްޓާ ޕެރިސް ނޯޑް ޓާމިނަލް (ގުޅިފައިވާ ކޮންޓްރޯލްތައް) އަދި ގެޓްވިކް އެއާޕޯޓް (ދެ ޓާމިނަލް) ހިމެނެއެވެ.