އިބްރާހިމް ޒަކީ
ހަތަރު ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަން އަނބުރާ ގެންދަވަން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވާފައި ވަނީ، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މއ. ރުއްކުރި މަރްޔަމް މިދުފާ ނައީމް އަދި ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ސ. ހުޅުދޫ އަސަރީގެ، ޝިއުނީން ރަޝީދުގެ އިތުރުން "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ހުދާ އަލީ ޝަރީފް، އަދި ޕާކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުކަމަށް ހ.ސެލީނާ ހަދީޖާ ނަޖީހާ ހަމަޖެއްސެވުމަށެވެ.
އޭގެ އިތުރުން ބްރޯޓްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ކޯލްޑިވްއަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިޔާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ބޭފުޅުންގެ ނަންފުޅުތައްވެސް ރައީސް މުއިއްޒު ވަނީ އަނބުރާ ގެންދަވަން އަންގަވައިފައެވެ.
އެބޭފުޅުންގެ ނަންނަތައް މަޖިލީހަށް އިއުލާން ކުރެއްވުމަށްފަހު، މިހާރު ކުރިއަށްދަނީ ހާރިޖީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތްތަކެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެބޭފުޅުންގެ ނަންފުޅުތައް އަނބުރާ ގެންދިއުމަށް ނިންމަވައި މިމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިވާތީ އެ ނަންފުޅުތައް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.