ޚަބަރު

ދެހިވަލަ ޒޫ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާގައި ދެމީހަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންގެންދާ ދެހިވެލަ ޒޫ ސަރަހައްދުގައި ގޮވި ބޮމުގެ ސަބަބުން ދެ މީހަކު މަރުވެއްޖެ އެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މި ދެމީހުން މަރުވެފައިވާކަން ކޮލަމްބޯގެ ކަލުބޮވިލަ ހޮސްޕިޓަލުގެ ޑިރެކްޓަރ ވަނީ ނިއުސް ފަސްޓް އޮންލަައިން ނޫހަށް ކަށަވަރުކޮށްދީފައެވެ.

ދެހިވަލާ ސަރަހައްދުގެ އިތުރުން މިހާތަނަށް ސްރީލަންކާގައި އިތުރު 67 ބޮމެއް ގޮވާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިތަނުން އެއްވެސް ހާދިސާއެއްގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ހަބަރެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.