ޚަބަރު

ކޮލަމްބޯގެ ބީއައިއޭ އިން ދަތުރުކުރާ ފަސެންޖަރުން ހަތަރު ގަޑިއިރު ކުރިން ފުރަން އައުމަށް ސްރީލަންކަން އިން އެދެފި

މަރިޔަމް ޝަހުދާ

ކޮލަމްބޯ ގެ ބަންޑަރަނައިކެ އިންޓަނޭޝަނަލަން އެއާޕޯޓު (ބީއައިއޭ) އިން ދަތުރުކުރާ ފަސެންޖަރުން ހަތަރު ގަޑިއިރު ކުރިން ފުރަން އައުމަށް ސްރީލަންކަން އެއާލައިން އިން އެދެފި އެވެ.

ސްރީލަންކާ އެއާލައިނުން މިގޮތަށް އަމަލު ކުރުމަށް އިއުލާނުކޮށްފައި ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ އެކި ސަރަހައްދުތަކަށް ދާދި އެއްވަގުތެއްގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމާއި ގުޅިގެންނެވެ. ބީއައިއޭ އަށް ޖައްސާ ހުރިހާ ފްލައިޓެއްގެ ގްރައުންޑް ހޭންޑަލިންގ ގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސްރީލަންކަން އެއާލައިނާއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ އެއާލައިންގެ ނަމްބަރު 1979 އާއި ގުޅުމަށް ވަނީ އެދެފައެވެ.

ސްރީލަންކާ ގައި މިއަދު އަށް ބޮން ގޮއްވާލާފައިވާއިރު، ހާދިސާތަކުގައި 184 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.