އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު "ވަން އޮންލައިން" އަށް ރޭ ވިދާޅުވީ، އިންޑިއާއަށް ރައީސް ކުރައްވާ މި ދަތުރު ފުޅަކީ އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ނަމަވެސް މިއީ ރަސްމީ ދަތުރުފުޅެއް ނޫންކަމަށް ރޭ ހޫދު ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ މެޗް އޮންނާނީ މިރޭ، ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގަ އެވެ.
މި ދަތުރު ފުޅަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނަވައެވެ.
ހޫދު ރޭ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.