ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް 3 މެންބަރަކު އައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ޕީސީއަށް 3 މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.
ބޯޑަށް އައްޔަނުކުރައްވާފައި ވަނީ:
ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ 7 މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއު އާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް މިހާތަނަށް މީހުން އައްޔަނު ނުކުރެވި އޮތީ ބޯޑަށް މެންބަރުން ހަމަނުވެގެންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މަގާމަށް މީހުން އައްޔަނު ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ބޯޑަށް ފޮނުއްވައި، ބޯޑުން ހުއްދަ ލިބުމުންނެވެ.