ޚަބަރު

މިލަދޫ ސްކޫލްގެ ތިޖޫރި ފަޅާލައި، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

މަރިޔަމް ޝަހުދާ

ނ.މިލަދޫ ސްކޫލް ތިޖޫރީ ފަޅާލައި، އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

މިކަން މިލަދޫގެ ކައުންސިލަރ އިލްޔާސް އަބްދުއްސަމަދު އަދި މިލަދޫގެ "ހިދާޔާ ސުކޫލް" ގެ ޕްރިންސިޕަލް ޗަންދުރަ ކުމާރް ވަނީ ވަން އޮންލައިނަށް ކަށަވަރުކޮށްދީފައެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެމުން ސްކޫލްގެ ޕްރިންސިޕަލް ޗަންދުރަ ވިދާޅުވީ ފައިސާ ވަގަށް ނަގާފައިވާކަން އެނގުނީ މިއަދު ހެނދުނު ސްކޫލް ހުޅުވުމުން ކަމަށެވެ.

ޗަންދުރަ ވިދާޅުވި ގޮތުގައި ވަގަށް ނަގާފައިވާ ފައިސާ އަކީ ސްކޫލްގެ ގޯލްޑަން ޖުބްލީ ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ އެކި ހަރަކާތްތަކުން ލިބިފައިވާ ފައިސާއެވެ. އަދި މި ފައިސާ ލިބިފައި ވަނީ މިދިޔަ ހަފްތާގައި ކަމަށް ޗަންދުރަ ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މައްސަލަ މިއަދު ހެނދުނު 8:14 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް މައުލޫމާތު ދީފައެވެ. މިކަން ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.