ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް އަބްދުﷲ ނާޒިމް އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.
މިނިސްޓަރުގެ ފެންވަރުގައި ނާޒިމް އެ މަގާމަށް އައްޔަނުކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.