ކަސްޓަމްސް ކޮމިޝަނަރުގެ މަގާމަށާއި ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަސްޓަމްސްގެ ކޮމިޝަނަރަކަށް އައްޔަނުކޮށްފައިވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދެވެ. އޭނާ ވަނީ މީގެ ކުރިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަން ވެސް ކުރައްވައިފައެވެ.
ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވީ ހަސަން ޒަރީރެވެ.