ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހަށް ފަސް މިނިސްޓަރުން އައްޔަނު ކުރައްވައިފިއެވެ.
އާ ސަރުކާރުގެ ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރެއްވުމަށް ފަހު މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވައިފައެވެ. އެ ބޭފުޅުން އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް މުއިއްޒުއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަބްދުﷲ ފަޔާޒް އަދި ސީނިއާ މިނިސްޓަރު ފެންވަރުގައި ރައީސްގެ ހާއްސަ އެޑްވައިޒަރަކަށް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ހަމަޖައްސަވައިފައެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލަކީ އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާ ގޮތަށް ހަމަޖައްސަވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. އަލީ ނަސީރު މުހައްމަދާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ޝަހުދީ ހަމަޖައްސަވައިފައެވެ.