ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަބްދުﷲ ފަޔާޒު، ގ. ހިޔަލަ، އައްޔަނު ކުރައްވައިފައެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަޔާޒަށް މަގާމުގެ ލިޔުން ހަވާލު ކުރައްވާފައިވަނީ ރައީސް މުއިއްޒެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގައި ރައީސް މުއިއްޒު ހުންނެވި އިރު، ފަޔާޒް ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފައެވެ. އޭގެ ފަހުން ފަޔާޒު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާ ކުރައްވައިފައެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސީނިއާ މިނިސްޓަރު ފެންވަރުގައި ރައީސްގެ ހާއްސަ އެޑްވައިޒަރަކަށް އަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސަވައިފައެވެ. އޭގެ އިތުރުން ރައީސް އޮފީހަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ:
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލަކީ އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާ ގޮތަށް ހަމަޖައްސަވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. އަލީ ނަސީރު މުހައްމަދާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ޝަހުދީ ހަމަޖައްސަވައިފައެވެ.