އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ތިން ބޭފުޅަކު އައްޔަން ކޮށްފިއެވެ.
ވޭތުވެދިޔަ ތިން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ޕީޕީއެމްގެ ލީޑާޝިޕް ބަދަލުވާންޖެހޭކަމަށް، ޕާޓީގެ އިސްބޭފުޅުންނާއި ޕާޓީއަށް އައުމަށް މަސައްކަތް ކުރަމުންދާ ބައެއްް ފަރާތްތަކުން ގޮވާލަމުންދަނިކޮށް މިރޭ، ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި، ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
އެބޭފުޅުން ޕީޕިއެމްގެ ނައިބުރައީސްކަމުގެ މަގާމަށް އައްޔަން ކުރެއްވިކަން ހާމަކޮށްފައިވަނީ، އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަދި ޕީއެންސީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ކުރެއްވި ޓްވީޓެއްގައެވެ.