ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން، ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްރަހީމް، އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ. އަބްދުއްރަހީމް ވަނީ މަގާމުގެ ހުވާ ވެސް މިރޭ ކުރައްވައިފައެވެ.
އަބްދުއްރަހީމަކީ ޓްރާންސިޝަން ކޮމިޓީގެ ޗެއާގެ މަގާމުވެސް އަދާކުރެއްވި ބޭފުޅާއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން ސްޓްރެޖެޓީ ރާވާލައި، ކެމްޕޭން ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އަބްދުއްރަހީމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ މަގާމަކަށް އައްޔަން ކުރެއްވީ ވެސް އަބްދުއްރަހީމެވެ.
އަބުދުއްރަހީމްގެ އިތުރުން ރައީސް އޮފީހަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ:
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލަކީ އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ، އަލީ ނަސީރު މުހައްމަދާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ޝަހުދީ ހަމަޖައްސަވައިފައެވެ.