މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ ބިންވެރިޔާ ސްކީމް ފޭސް ދޭއް އަދި ގެދޮރުވެރިޔާ ސްކީމް ފޭސް ދޭއް އަށް ގެދޮރުވެރިން ޕޯޓަލަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައިވާ ކަމަށެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ގެ 14:00 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް އެދޭ ކަމަށްވެސް އިއުލާނުގައިވެއެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި 40،594 ފޯމު ވަނީ ހުށަހަޅައިފައެވެ.
އޭގެ ތެރެއިން ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 21،247 ފޯމު ހުށަހަޅާފައިވެއެވެ.
ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރުގެ ދަށުން 4000 އަށްވުރެ ގިނަ ގޯތި ދޫކުރަން ހަމަޖެހިފައިވާ އިރު، ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.
މި ފިޔަވަހީގެ ދަށުން ގޯތި ދުކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅު ނުވަތަ އުތުރު ތިލަފަޅުންނެވެ. އެ ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5،525،000 އަކަފޫޓެވެ.
ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވާ އިރު، ފުރަތަމަ ބުރުގެ ދާއިމީ ލިސްޓް ވަނީ އާންމުކޮށްފައެވެ.