މާލޭ ސިޓީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވި ބައެއް މަގުތަކުގައި، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ މާލޭ ސިޓީގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމުގައެވެ.
އެގޮތުން އައިޖީމެމްއެޗް އާއި ވެސްޓްޕާކު ސަރަހައްދާއި، ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމްއެންޑީ އެފުން ބުންޏެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ގެއްލުންވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މާލޭގެ އެއްވެސް ސަރަހައްދަކުން، ވިއްސާރައިގައި ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ކޮށްފައެއްނުވެއެވެ.