ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ މުއްދަތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަހުމަދު ޝަކީލު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ޖޭއެސްސީން ނިންމީ ހިތުގެ ބައްޔަކާ ގުޅިގެން ރިޓަޔާވާން އެދި ހުށަހެޅުމުންނެވެ.