ޚަބަރު

މޯލްޑިވިއަންގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދިނުމަށް ނިންމައިފި

މަރިޔަމް ޝަހުދާ

މޯލްޑިވިއަންގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދިނުމަށް ނިންމައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކުރިއަށްދާ ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވަނީ މިކަން އިއުލާނުކޮށްފައެވެ.

އެގޮތުން ސަރުކާރުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ގޮތުގެ މަތިން މޯލްޑިވިއަން އިން އެ އެއާލައިންގެ މުވައްޒަފުންނަށް 6 މަހުގެ މެޓާނިޓީ އަދި 1 މަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް ޕްރައިވެޓް ކުންފުނިތަކުން ވެސް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދިނުމަށް ވަނީ ނިންމައިފައެވެ.