ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފޭސްބުކް ޕޭޖް ވެރިފައި ކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ވަނީ ޓުވީޓެއް މެދުވެރިކޮށް މިކަން އާންމުކޮށްފައެވެ. އެގޮތުން ރައީސްގެ ފޭޗްބުކް ޕޭޖް ވެރިފައި ކޮށްފައިވަނީ މިއަދުއެވެ.
މީގެ ކުރިން ރައީސް ސޯލިހުގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓުތަކެއް އުޅޭތީ ރައީސް އޮފީހުން ވަނީ އެކަމަށް ސަމާލުވުމަށް އެދެފައެވެ.