ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

މެޑަމް ފަޒްނާ "ޓީއެފްޖީ ލޯންގް ރަން 2019"ގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު "ޓީއެފްޖީ ލޯންގް ރަން 2019"ގައި ބައިވެރިވެވަޑައިގެންފި އެވެ.

މި ދުވުމުގެ ހަރަކާތް އޮތީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި، މިއަދުގެ ދުވުމުގެ ހަރަކާތުގައި، މެޑަމް ފަޒްނާގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރީން ބައިވެރިވި އެވެ.