ލ. ކުނަހަންދޫގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ ކުނަހަންދޫ ގެއެއްގެ ގޯތިތެރޭގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 11:39 ހާއިރު ކަމަށެވެ.
އެ ގުދަނުގައި ރޯވެފައިވާ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އެ ގެއަކީ އެއްވެސް މީހަކު ދިރިއުޅޭ ގެއެއް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.