ޚަބަރު

ކުޅުދުއްފުށިން ރަށު މީހަކު ބޭނުންވާތީ ނަރީޝް ޕްރައިމަރީގައި ވާދަނުކުރާން ނިންމައިފި

މުހައްމަދު އިޝާން

1

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރައްވަން، މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ނިންމަވައިފިއެވެ.

ގއ. ކޮލަމާފުއްޓަށް އުފަން ނަރީޝް، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ނަރީޝް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުން، އޭނާއަށް ތާއީދުކުރެއްވި ހުރިހާ މީހުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނަމަވެސް ކުރި މަސައްކަތުން ކުޅުދުއްފުށީގެ ރޫހު އޮތީ އެ ރަށު ދަރިއަކު މަޖިލީހަށް އިންތިހާބު ކުރުމުގެ ރޫހުކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް ވިދާޅުވިއެވެ.

"ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހުތިރާމު ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށި އުތުރު މަޖިލިސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދަންނަވަމެވެ." ނަރީޝްގެ ޕޯސްޓުގައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟