ރީތި ވެގެން ޑިއޯޑްރަންޓް ހާކާލާއިރަށް ހެދުމުގައި ލަށް ޖެހުމަކީ އެންމެ ފޫހިވާ އެއްކަމޭވެސް ބުނެވިދާނެއެވެ. މިއީ އަވަހަށް ތާކަށް ދާން ތައްޔާރުވާއިރު އެކަމުން ސަލާމަތްވާން އެންމެ އުނދަގޫ އެއް ކަމެކެވެ. ދެން ހެދުން ބަދަލު ކުރުމަކީ އެހާ ފަސޭހަ ކަމަަކަށް ނުވެއެވެ. ނަމަވެސް ފަސޭހައިން ޑިއޯޑްރަންޓް ލައް ފިލުވާލެވޭނެ ގޮތެއް އެބައޮތެވެ.
އެންމެ ފަސޭހަ ގޮތަކީ ތުވާލި ކޮޅެއް ތެތް ކޮށްލުމަށްފަހު ލަށްގަނޑުގައި ހާކާލުމެވެ. މިގޮތަށް ތުވާލި އެކީ ތެއްމާލައިގެން މާގިނަ ފެން ހުރިއްޔާ ހެދުން އެކީގައި ތެމޭނެއެވެ. އެހެންވެ ކުޑަކޮށް ތެތްކޮށްލާނީއެވެ. މިނޫން ގޮތެއްވިއްޔާ ވެޓް ޓިޝޫ ނުވަތަ ބޭބީ ވައިޕްވެސް ބޭނުން ކުރެވިދާނެއެވެ. ނޫނީ މޭކަޕް ރިމޫވަރ ފޮތިކޮޅަކަށް އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ.
ހެދުން ޑިއޯޑްރަންޓް ލަފުން ރައްކާތެރިކުރުމަށް ހެދުން ލުމުގެ ކުރިން ޑިއޯޑްރަންޓް ހާކާށެވެ. އަދި ހޭކުމަށްފަހު ހިކެންދެން މަޑުކޮށްލާށެވެ. މިހެން ހެދުމުން ހެދުމަށް ޑިއޯޑްރަންޓް ނުދޭފޭނެއެވެ. މިގޮތަށް ހަދައިގެންވެސް ޑިއޯޑްރަންޓް އަބަދުވެސް ފޭދި ލަށްޖެހޭ ކަމަށްވާނަމަ "އިންވިޒިބަލް" ޖަހާފަ ހުންނަ ޑިއޯޑްރަންޓްއަކަށް ބަދަލު ކޮށްލާށެވެ.