ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހިރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މިއަދަކީ ދުނިޔޭގެ ތަރިކައިގެ ދުވަސްކަމަށާއި، ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވާކަމުގައެވެ.
ދިވެހިންގެ ތަރިކަ ރައްކާތެރި ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ ފަރާތުން ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.