މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓު ނެރެފައި ވަނީ މިއަދު މެންދުރު 1:30އިން އިރު އޮއްސި 6:30އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިގަޑިތަކުގައި ރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައިޓް އެލާޓަކީ، މޫސުމަށް ސަމާލުވާން ޖެހޭކަން އަންގައިދިނުމުގެ ގޮތުން ނެރޭ އެލާޓެވެ. މި އެލާޓު ނެރެނީ ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެކަމަށް ލަފާ ކުރެވޭތީއެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ކަނޑު ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.